މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
އެޕްރޫވްޑް ޑްރަގް ލިސްޓާބެހޭ

އިޢުލާނު

ރާއްޖެއަށް އެތެރެ ކުރުމާއި ވިއްކުމުގެ ހުއްދަ ދީފައިވާ ބޭހުގެ ލިސްޓު "އެޕްރޫވްޑް ޑްރަގް ލިސްޓު" އޮގަސްޓު 2015 އިސްލާހާއެކު މިހާރު ވަނީ އަޕްޑޭޓް ކުރެވި އިމްޕޯރޓަރުންނާ ހިއްސާ ކުރެވިފައެވެ. މިލިސްޓުގައި މިހާރު ރަތް ކުލައިން ފާހަގަ ކުރެވިފައިވާ ބޭސްތައް 31 އޮގަސްޓު 2015 ގައި އެޕްރޫވްޑް ޑްރަގް ލިސްޓުން އުނިކުރެވޭނެކަމާއި އެބޭސްތައް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އޮތްކަން ވާނީ މިއޮތޯރިޓީގެ އިޢުލާނު ނަންބަރު: MTG/2015/05- 182  (ތާރީޚު: 15 ފެބުރުވަރީ 2015) އިން  ދެންނެވިފައެވެ. ނަމަވެސް އެ ބޭސްތައް ރަޖިސްޓަރީ ކުރުމަށް އެއްވެސް ފަރާތަކުން ހުށަހަޅުއްވާފައި ނުވާތީ އެ ބޭސްތައް ދެންނެވިފައިވާ ތާރީޚުގައި އެޕްރޫވްޑް ޑްރަގް ލިސްޓުން އުނިކުރެވޭނެ ކަމަށާއި އެދުވަހުން ފެށިގެން އެ ބޭސްތައް ރާއްޖެއަށް އެތެރެ ނުކުރެވޭނެކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

އިތުރު މަޢުލޫމާތު މިއޮތޯރިޓީގެ ނަންބަރު 3014316 އިން ލިބިވަޑައިގަންނަވާނެއެވެ.

                            28 ޝައްވާލް 1436      

13 އޮގަސްޓް 2015
ހޯދާ