މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ދ. މާފުށްޓާއި ކެނދިގަނޑާބެހޭ

އިޢުލާނު

ޓޫރިސްޓު ރިޒޯޓެއް ތަރައްޤީ ކުރުމަށް މިމިނިސްޓްރީއިން ކުއްޔަށް ދޫކޮށްފައިވާ ދ. މާފުށި އަދި ކެނދިގަނޑުގެ ލީސް އެގްރީމަންޓުގެ ދަށުން އެރަށްތައް ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ޙައްޤުތައް އެހެންފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާތީ އެ ރަށާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްފަރާތެއް ވާނަމަ މިއިޢުލާނު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި ރަސްމީގަޑީގައި މިމިނިސްޓްރީއަށް ލިޔުމަކުން އަންގަވައިދެއްވުމަށާއި، އަދި އީމެއިލުން ހުށަހަޅުއްވާކަމުގައިވަނީނަމަ legal@tourism.gov.mv އަށް އަންގަވައިދެއްވުމަށް އަންގައި އިޢުލާނުކުރީމެވެ.

26 ޝައްވާލް 1436     

11 އޮގަސްޓް 2015
ހޯދާ