މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތާކީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުން ބަންދުކުރާ މަރުކަޒެއް ކަމުގައިހަމަޖެއްސެވުން

އިޢުލާން

ސ. ހުޅުމީދު ޕޮލިސް ސްޓޭޝަންގެ އައު އިމާރާތުގައި 10 ގޮޅީގެ ގޮޅިބަރިއެއް ހަދާފައިވުމާއެކު، ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތާކީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުން ބަންދުކުރެވޭގޮތަށް ހަމަޖެހިފައިވާ މަރުކަޒެއް ކަމުގައި ޤާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) ގެ ދަށުން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަން ހިނގަމުންދާނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުންނެވެ.

26 ޝައްވާލް 1436 

11 އޮގަސްޓް 2015
ހޯދާ