މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މާލޭގެ މަގުތައް ކޮނެ ގާ އެތުރުމުގެ މަސައްކަތްކުރުމާބެހޭ

އިޢުލާން

ކުންފުނިތަކުންނާއި އެކި ފަރާތްތަކުން މާލޭގެ މަގުތައް ކޮނެ ގާ އެތުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު މަސައްކަތުގެ ފެންވަރު ދަށްވުމުގެ ސަބަބުންނާއި، އަދި އެ މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް މަސައްކަތް ނުކުރުމުގެ ސަބަބުން މަގުތައް ވަރަށް ބޮޑަށް ހަލާކުވެ ދުއްވާ އެއްޗިއްސަށާއި، ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ނުހަނު ގިނަ ގެއްލުންތައް ކުރިމަތިވަމުންދާތީ މާލޭގެ މަގުތައް މިހާރަށްވުރެ ރަނގަޅު ފެންވަރެއްގައި ބެލެހެއްޓުމުގެ ގޮތުން އެކި ބޭނުންތަކަށް މަގުކޮނެ ގާ އެތުރުމުގެ މަސައްކަތް ކުރުމަށް ބަދަލުތަކެއް ގެނައުމަށް ނިންމައި މަގު ކޮނުމާއި ގާ އެތުރުމުގެ މަސައްކަތް މިމިނިސްޓްރީން ކަނޑައަޅާ ފަރާތެއް މެދުވެރިކޮށްގެން ކުރާގޮތަށް ވަނީ ނިންމާފައެވެ.

ވީމާ 23 އޮގަސްޓު 2015 ވަނަ ދުވަހުން ފެށިގެން މަގު ކޮނުމާއި މަގުތަކުގައި ގާ އެތުރުމުގެ މަސައްކަތް ކުރެވޭނީ މި މިނިސްޓްރީން ކަނޑައަޅާ ފަރާތެއް މެދުވެރި ކޮށްގެން ކަމުގައި އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

24 ޝައްވާލް 1436

09 އޮގަސްޓް 2015
ހޯދާ