ކުޑަކުދިންގެ ހިޔާ، ކ. ވިލިނގިލި
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު

 (ނާރސް (ސްޕޮންސަރ

ބޭނުންވާ އަދަދު

01

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ /ވިލިނގިލީ އަވަށް، މާލެ

ތަޢުލީމާއި ތަޖުރިބާ

ނަރސިންގ ދާއިރާއިން އޮނިގަނޑު ލެވަލް 4 ނުވަތަ 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ރިސްކް އެލަވެންސް

މަޤާމު

ޓިއުޝަން ޓީޗަރ (އާރކް ސްޕޮންސަރ)

ބޭނުންވާ އަދަދު

1

މުސާރަ

މަހަކު -/5000 ރުފިޔާ

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ -/1000 ރުފިޔާ އާ ހަމައަށް.

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ/ ވިލިނގިލީ އަވަށް، މާލެ

ތަޢުލީމާއި ތަޖުރިބާ

 

  • މަތީ ސާނަވީ އިމްތިޙާނުން ބިޖްނަސް ސްޓަޑީސް ،އިކޮނޮމިކްސް އަދި އެކައުންޓިންގ ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއި، ސެކަންޑްރީ ސްކޫލް ސެޓިފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  • މި މަޤާމުތަކަށް މުވައްޒަފުން ހޮވުމުގައި ކުދިންނަށް ކިޔަވައިދިނުމަށް ޝައުޤުވެރިކަން ހުންނަ ކުޑަކުދިންގެ ހިޔާ ކަހަލަ ތަނެއްގައި މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް އިންޓަވިއުކުރުމަށް ފަހު އިސްކަންދެވޭނެއެވެ..

މަޤާމު

(ކުދިންބަލަހައްޓާ މަސައްކަތު (ސްޕޮންސަރ

ބޭނުންވާ އަދަދު

01

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ / ވިލިނގިލީ އަވަށް، މާލެ

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މައިގަނޑު މަސައްކަތް

ކުޑަކުދިންގެ ހިޔާ/ އަމާންހިޔާގައި، ތިބޭ ކުދިންގެ އެންމެހައި ކަންތައްތައް (ކާންބޯންދިނުމާއި، ފެންވެރުވުމާއި، ސްކޫލަށް ގެންދިއުން ފަދަ) ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު /ޤާބިލުކަން ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދޭ ސިޓީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) އެކްރެޑިޓް ނުކުރާ ސެޓުފިކެޓު ހުށަހެޅި ނަމަވެސް ބާޠިލުވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަން އެނގޭވަރުގެ ސާފު ކޮޕީ
  • ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގުރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  • ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.
ސުންގަޑި  13 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ކުޑަކުދިންގެ ހިޔާ އަށް ހުށަހެޅުން. 
އިންޓަވިއު އޮންނާނެ ތަން:  

ކުޑަކުދިންގެ ހިޔާ، ވިލނިގިލީ އަވަށް، މާލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު  މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3391693/ 3391694 އެވެ. 
 
06 އޮގަސްޓް 2015
ހޯދާ