މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެއަރކޮންޑިޝަންތައް ސަރވިސްކޮށް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

އެމް.ޑަބްލިޔު.އެސް.ސީގެ ސައިޓްތަކުގައި އިންސްޓޯލްކޮށްފައިވާ ސްޕްލިޓް ޓައިޕް އެއަރކޮންޑިޝަންތައް ސަރވިސްކޮށް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން – ރިޓެންޑަރ 2

މިކުންފުނީގެ ފަރާތުން ކުރި އިޢުލާން ނަންބަރު: MWSC-61/ADV/2015/072 ގެ ދަށުން ބިޑަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ އަލުން މިކުންފުނީގެ ފަރާތުން ދޭ މަޢުލޫމާތާ އެއްގޮތްވާގޮތުގެ މަތިން އެމް.ޑަބްލިޔު.އެސް.ސީގެ ސައިޓްތަކުގައި އިންސްޓޯލްކޮށްފައިވާ ސްޕްލިޓް ޓައިޕް އެއަރކޮންޑިޝަންތައް ސަރވިސްކޮށް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ -/300ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 06 އޮގަސްޓު 2015 އިން 12 އޮގަސްޓު 2015 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހުގެ 03:00 އަށް އެމް.ޑަބްލިޔު.އެސް.ސީ (ނިކަގަސް ހިނގުން) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 13 އޮގަސްޓު 2015 ގެ ރަސްމީގަޑީގައި ފެން ބިލްޑިންގގެ 5 ވަނަ ފަންގިފިލާއިންނެވެ.

ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 17 އޮގަސްޓު 2015 ވާ ދުވަހުގެ 11:30 ގައެވެ. އަދި ބިޑް ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚަކީ 20 އޮގަސްޓު 2015 ވާ ދުވަހުގެ 11:00 އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށަހަޅާއިރު -/5000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ.

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

06 އޮގަސްޓް 2015
ހޯދާ