މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ބީ" ކެޓަގަރީން ފްލެޓަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓަށް ހޮވިފައިވާ ފަރާތްތަކުގެ ސަމާލުކަމަށް

ވެށިފަހިމާލެ ޕުރޮގުރާމުގެ ފުރަތަމަ ފިޔަވަހީގައި "ބީ" ކެޓަގަރީން ފުލެޓަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ފުލެޓަށް ހޮވިފައިވާ ފަރާތްތަކާއި އެފަރާތްތަކުގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ގޯއްޗާ ބެހޭ މަޢުލޫމާތު ސާފުކޮށްދިނުމަށް ވެށިފަހިމާލެ ޕުރޮގުރާމުގެ އޮފީހުން ވަނީ މިއިދާރާއަށް ހުށަހަޅުއްވާފައެވެ. މިކަމަށްޓަކައި އެ ފަރާތްތައް މިއިދާރާއަށް ހާޒިރުކުރަންޖެހޭތީ، ހާޒިރުވާންވީ ދުވަހާއި ގަޑި އެނގޭނެހެން ނަންބަރެއް ދޫކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ނަންބަރު ދޫކުރުން އޮންނާނީ ކޮންމެ ހަފުތާއެއްގެ އަންގާރަ ދުވަހުގެ ހެނދުނު 9:30 ން 11:30 އަށެވެ. ކޮންމެ ދުވަހަކު ދޫކުރާނީ 20 ނަންބަރެވެ.

ވީމާ، ވެށިފަހިމާލެ ޕުރޮގުރާމުގެ ފުރަތަމަ ފިޔަވަހީގައި "ބީ" ކެޓަގަރީން ފުލެޓަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ފުލެޓަށް ހޮވިފައިވާ ފަރާތްތަކާއި އެފަރާތްތަކުގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ސަމާލުކަމަށް މިކަން ގެނައުމަށާއި، މިކަން ކުރިއަށް ގެންދެވުމަށް އެފަރާތްތަކަށް އިލްތިމާސްކޮށް، އިޢުލާނުކުރަމެވެ.

21  ޝަޢުބާން  1434

30 ޖޫން 2013
ހޯދާ