ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

24 މާރިޗު 2015 ގައި މި ޑިޕާޓްމަންޓުގެ 198A/2015/19 ނަންބަރުގެ އިޢުލާނުން "ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރަމަރ" މަޤާމަށް ފުރުޞަތު ހުޅުވާލުމުން، އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށްފައި، އަލުން މި މަޤާމަށް އިޢުލާން ކުރީމެވެ.

މަޤާމް

ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރަމަރ

ރޭންކް: އެމް. އެސް. 3

ބޭނުންވާ އަދަދު

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

މަހަކު -/7،035 ރުފިޔާ

މި މަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %50

- ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

- ލިވިންގ އެލަވަންސް: މަހަކު -/3،000 ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

މަޤާމުގެ އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، MS 2 ގެ ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  • ޝަރުޢީ ދާއިރާގެ ބޭނުމަށް ތައްޔާރުކުރަންޖެހޭ ތަފާތު ސޮފްޓްވެއަރ، ވެބް އެޕްލިކޭޝަނާއި ވެބްސައިޓްތައް ތައްޔާރުކޮށް ބެލެހެއްޓުން.
  • ޝަރުޢީ ދާއިރާގައި ތައްޔާރުކޮށްފައިވާ ތަފާތު ސޮފްޓްވެއަރ، ވެބް އެޕްލިކޭޝަނާއި، ވެބްސައިޓްތައް މެނޭޖްކޮށް ބޭނުންކުރާނެގޮތުގެ ތަމްރީން، އޮފީހުން ކަނޑައަޅާ ފަރާތްތަކަށް ދިނުން.
  • ޑިޕާޓްމަންޓުގެ އިންހައުސް ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޓީމުގެ ޓީމް މެންބަރުންގެ މެދުގައި ހަމަހަމަކޮށް މަސައްކަތް ބަހާލައިގެން، ޓީމް ޑިވެލޮޕްމަންޓް އުސޫލްތަކާ އެއްގޮތަށް ސޮފްޓްވެއަރ ޑިވެލޮޕްމަންޓުގެ ކަންތައް ކުރިއަށްގެންދިއުން.

ހުށަހަޅަންޖެހޭ ތަކެތި

 

 

1- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

2015 އޮގަސްޓު 9 ވާ އާދީއްތަ ދުވަހުގެ 15.00 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު

  • މި  މަޤާމަށް  އެދޭ  ފަރާތްތަކުން  ފުރަންޖެހޭ  ވަޒީފާއަށް  އެދޭ  ފޯމް،  މި  ޑިޕާޓްމަންޓުގެ  ކައުންޓަރުން  ލިބެން  ހުންނާނެއެވެ.  އަދި  މި ޑިޕާޓްމަންޓުގެ ވެބްސައިޓުން (www.judiciary.gov.mv ން) މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ފޯނު ނަންބަރަކީ 3006280 އެވެ.  
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެއެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުން އެދެމެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް

  • މި މަޤާމަށް މީހުން ހޮވުމުގައި ASP.Net ނުވަތަ PHP އިން ފަރިތަކަމާއެކު ޕްރޮގްރާމް ކުރުމާއި ވެބް އެޕްލިކޭޝަން ހެދުމުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި މިނޫންވެސް އިތުރު ޕްރޮގްރާމިންގ ލޭންގުއޭޖްތައް އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ގިނަވަތުތު މަސައްކަތުގައި ހޭދަކުރެވޭ، މެޖިސްޓްރޭޓް ކޯޓުތަކަށް ދަތުރުކުރަންޖެހޭ ޙާލަތެއްގައި ދަތުރުކުރެވޭފަދަ ޞިއްޙީ ޙާލަތެއްގައިހުރި ފަރާތަކަށްވުން.

7 ޝައްޥާލް 1436

23 ޖުލައި 2015
ހޯދާ