ގުޅީ ޞިއްޙީ މަރުކަޒު، ކ.ގުޅި
ދިވެހިރާއްޖެ
ރިސެޕްޝަނިންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒަށް ރިސެޕްޝަނިސްޓެއްގެ މަޤާމަށް މީހުން ހޯދުމަށްޓަކައި 12 މޭ 2015 ގައި ކުރެވުނު މި މަރުކަޒުގެ H11-HC/IUL/2015/01 ނަންބަރު އިޢުލާނުގައިވާ މަޤާމުގެ އަސާސީ ޝަރުޠަށް މިނިސްޓްރީ އޮފް ހެލްތުގެ އެޗް. އާރު. އެމް. ޑީ. ކޮމެޓީން ބަދަލުގެންނަވާފައިވާތީ، އެ އިޢުލާނާއި، އެ އިޢުލާނާ ގުޅިގެން ހުށަހެޅުނު ހުށަހެޅުންތައް ބާޠިލްކޮށް، އެ މަޤާމަށް މީހަކު ހޯދުމަށް  އަލުން އިޢުލާން ކުރަމެވެ.

ކ. ގުޅީ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް

ރިސެޕްޝަނިންޓް

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޜަން/ ސެކްޝަން

އެޑްމިން ޑިވިޜަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ގުޅީ ޞިއްޙީ މަރުކަޒު / ކ. ގުޅި

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މަރުކަޒަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދާރީވުން.
  2. މަރުކަޒަށް ޚިދުމަތް ހޯދަން އަންނަ މިހުންނާއި، އެހެނިހެން ކަންކަމުގައި އަންނަ މީހުންނަށް ޖަވާބުދާރީވުން.
  3. ނުރަސްމީ ގަޑިތަކުގައި ފައިސާ ބަލައިގަތުމާއި، އެ ފައިސާ ރައްކާތެރިކަމާއެކު، ބަޖެޓް ސެކްޝަނާ ހަވާލުކުރުން.
  4. ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުންނަށާއި، އެހެނިހެން ބޭނުންތަކުގައި އަންނަ މީހުންނަށް އެހިތެރިކަން ލިބެންޖެހޭ ފަރާތްތަކާ ގުޅުވައިދިނުން.
  5. މީގެ އިތުރުން، އެހެން މުވައްޒަފުންގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދިނުމާއި، އެޑްމިން ސެކްޝަނުން އަންގާ ކަންތައްތައް ކުރުން.

 

 

ތަޢުލީމާއި ތަޖުރިބާ

- ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް،  މާކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  2. މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސްގެގޮތުގައި -/25 ރުފިޔާ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

1. ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމް،  ޕާސްޕޯޓް  ސައިޒުގެ  ފޮޓޯއާއެކު (ސިވިލް  ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ކ. ގުޅީ ޞިއްޙީ މަރުކަޒުގެ ކައުންޓަރުން ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

ނޯޓް: މަޢްލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ ފޯމްތައް ބަލައެއް ނުގަނެވޭނެއެވެ. 

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)   

ސުންގަޑި

2015 އޮގަސްޓު 9 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން، ކ. ގުޅީ ޞިއްޙީ މަރުކަޒަށް ހުށަހެޅުން އެދެމެވެ.

 

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

- މި މަޤާމަށް ކުރިމަތިލާ މީހުންނާ އިންޓަވިއު ކުރެވޭނީ، ކ. ގުޅީ ޞިއްޙީ މަރުކަޒުގައެވެ.

- މީހަކު  ހޮވުމަށް  ބާއްވާ  އިންޓަވިއު  އޮންނާނީ،  މި  މަޤާމަށް  އެދި  އެޕްލިކޭޝަން  ހުށަހެޅުމުގެ  އެންމެ  ފަހު ތާރީޚުން ފެށިގެން 3 ހަފުތާގެ ތެރޭގައެވެ.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ 6640633 ނަންބަރު ފޯނަށެވެ.

5 ޝައްޥާލް 1436

21 ޖުލައި 2015
ހޯދާ