ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އޮން އެއަރ އެސިސްޓެންޓް އޮޕަރޭޓަރ

މަޤާމު: އޮން އެއަރ އެސިސްޓެންޓް އޮޕަރޭޓަރ ގްރޭޑް 1

މުސާރައާއި އެލަވަންސް

މަހަކު -/8،900 ރުފިޔާ

އިތުރުގަޑި:

އިތުރުގަޑީގައި މަސަތްކަތްކޮށްފިނަމަ އިތުރުގަޑީގެ ސިޔާސަތާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ރޭންކް

TP7

ބޭނުންވާ އަދަދު

01

މަސައްކަތް ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އޮންއެއަރ

މަޤާމުގެ ޝަރުޠު:

ޖީ.ސީ.އޯ އޭ ލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުމާއި, މަޤާމާ ގުޅޭ ދާއިރާއިން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ދުވަހުގެ ޑިއުޓީއަށް ހާޒިރުވުމަށްފަހު މަސައްކަތްކުރާ މާހައުލު (ކޮންޓްރޯލް ރޫމް ނުވަތަ މާސްޓަރ ކޮންޓްރޯލް ރޫމް) ގެ އެންމެހާ އިކުއިޕްމަންޓްތައް ޗެކްކޮށް، ޗެކްލިސްޓް ފުރިހަމަކޮށް، އިންޖިނިއަރިންގ އޮޕަރޭޝަންސް ޔުނިޓާއި ހަވާލު ކުރަންވާނެއެވެ.
  • ދުވަހުގެ ޑިއުޓީއަށް ހާޒިރުވުމަށްފަހު ޝެޑިއުލްގައިވާ ޕްރޮގްރާމްތަކާއި އިޝްތިހާރުތައް ހަމަތޯ ބަލައި ޗެކްކުރުން، އަދި ޕްރޮގްރާމެއް މަދުވާނަމަ ވީ އެންމެ އަވަހަކަށް ޕްރޮގްރާމް ޑިޕާޓްމަންޓަށް އެންގުން.
  • ޚަބަރާ ގުޅުންހުރި ލިޔުންތަކާއި، އިޢުލާންތައް (މާރކެޓިންގ ޑިޕާޓްމަންޓުން ލިޔަންޖެހޭ) ލިޔުންތައް ފިޔަފައި ދުވަހުގެ ޝެޑިއުލާ ގުޅުންހުރި ހުރިހާ ލިޔުމެއް ލިޔެ އެއަރ ކުރުން. މިނޫންވެސް ޚާއްޞަ ލިޔުމެއް އޮންއެއަރ ކުރާނަމަ ކުރަންވާނީ ޕްރޮގްރާމް ޑިޕާޓްމަންޓް ނުވަތަ ނިއުސް ޑިޕާޓްމަންޓްގެ އިސް ފަރާތެއްގެ ހުއްދަ ލިބިގެންނެވެ.
  • ލައިވް އަޕްޑޭޓުކުރާ ލިޔުން އެއަރކުރާ ޙާލަތްތަކުގައި (މިސާލަކަށް: ކުޅިވަރުގެ ސްކޯރ)، އެ ލައިވް އިވެންޓަކާ ގުޅުންހުރި ޑިޕާޓްމަންޓެއްގެ އެހީގައި އަޕްޑޭޓްކުރުން.
  • ކޮންޓްރޯލް ރޫމްތެރޭގައި ހޭދަކުރާ ހުރިހާ ވަގުތެއްގައިވެސް ފަރުވާތެރިކަމާއެކު އޮންއެއަރ (އޯޑިއޯ، ވީޑިއޯ އަދި ކޮންޓެންޓު) މޮނިޓަރކުރުން.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓުފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • މަތީގައިވާ މަޤާމަށް އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތަށެވެ.

ސުންގަޑި

 

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2015 އޮގަސްޓް 05 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

07 ޝައްވާލް 1436

23 ޖުލައި 2015
ހޯދާ