މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ކޮންޓްރޯލް ޑްރަގްސް އަދި ހޮސްޕިޓަލްތަކުގައި ބޭނުންކުރާ ބޭސް ރާއްޖެއަށް އެތެރެކުރުމުގެ ފުރުޞަތު އިތުރު ފަރާތްތަކަށް ހުޅުވާލުމާބެހޭ

އިޢުލާނު          

ކޮންޓްރޯލް ޑްރަގްސް އަދި ހޮސްޕިޓަލްތަކުގައި ބޭނުންކުރާ ބޭސް ރާއްޖެއަށް އެތެރެކުރުމުގެ ފުރުސަތު އިތުރު ފަރާތްތަކަށް ހުޅުވާލުމުގެ ގޮތުން، އެކަމަށް ދޫކުރާ ޚާއްސަ ހުއްދަ، މިކަމުގެ ޝަރުޠު ފުރިހަމަވާ 3 ފަރާތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.      

ވީމާ، މިކަމަށް ޝައުޤުވެރިވާ ޝަރުޠު ފުރިހަމަވާ ފަރާތްތައް 2015 އޮގަސްޓު 3 ވަނަ ދުވަހުގެ ހެނދުނު 11:15 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އޮގަސްޓު 17 ވަނަ ދުވަހު ހެނދުނު 11:00 އަށް މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލްތައް ބަލައި ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މިއޮތޯރިޓީގެ ނަންބަރު 3014317 ފޯނަށް ގުޅުއްވުން އެދެމެވެ.

5 ޝައްވާލް 1436       

21 ޖުލައި 2015
ހޯދާ