ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ވޯކް ސްޓޭޝަން ހޯދުމަށް ބޭނުންވެގެން

ވޯކް ސްޓޭޝަން ހޯދުމަށް ބޭނުންވެގެން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ޓުރައިބިއުނަލަށް ވޯކް ސުޓޭޝަންތަކެއް ގަތުމަށް ބޭނުންވެއެވެ.

ވީމާ، މި ތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 4 އޮގަސްޓު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް ގ. ފަތުރުވެހި (މަޓީބިލްޑިންގގެ 3 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 9 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް (މަޓީބިލްޑިންގގެ 3 ވަނަ ފަންގިފިލާ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިޓުރައިބިއުނަލުގެ 3308773 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

29 ރަމަޟާން 1436

16 ޖުލައި 2015
ހޯދާ