ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ޓްރެއިނިންގ ސެޝަން ނަގައިދޭނެ ފެސިލިޓޭޓަރުން ހޯދުން

އިޢުލާން

ޓްރެއިނިންގ ސެޝަން ނަގައިދޭނެ ފެސިލިޓޭޓަރުން ހޯދުން              

މަސައްކަތް

ގެވެށި އަނިޔާ ހުއްޓުވުމާ ގުޅޭގޮތުން މި އޮތޯރިޓީން ހިންގާ ތަމްރީނު ޕްރޮގްރާމަކަށް ތިރީގައިމިވާ މައުޟޫޢުތަކަށް ސެޝަން ނަގައިދޭނެ ފެސިލިޓޭޓަރުން ހޯދުން

  1. Patriarchy, Masculinity and Gender
  2. Power, Use of Force and Consent and Understanding Domestic Violence
  3. Domestic Violence, Types, Causes and Consequences
  4. The Cycle of Violence and Why Women Remain in Violent Relationships
  5. Impact of violence on children
  6. Understanding the why and who of Domestic Violence perpetrator

ކުރަންޖެހޭ މައިގަނޑު މަސައްކަތް

ގެވެށި އަނިޔާ ހުއްޓުވުމާ ގުޅޭގޮތުން މި އޮތޯރިޓީން 09 އޮގަސްޓު 2015 ން 13 އޮގަސްޓު 2015 އަށް ހިންގާ ތަމްރީނު ޕްރޮގްރާމުތަކުގައި މަތީގައިވާ މައުޟޫޢުތަކަށް ސެޝަން ނަގައިދިނުން.  

މަސައްކަތުގެ އަގު

ގަޑިއަރަކަށް -/250 ރުފިޔާ.

މަސައްކަތް ކުރަންޖެހޭ ތަން

ހ.ދ ކުޅުދުއްފުށި.   

ތަޢުލީމާއި ތަޖުރިބާ

 

  1. މި މައުޟޫތަކާއި ގުޅޭގުޅޭ ތަމްރީންއެއް ފުރިހަމަކޮށްފައިވުން.
  2. މިފަދަ ސެސަންތައް ފެސިލިޓޭޓްކުރުމުގެ ތަޖުރިބާ އަދި ޤާބިލްކަންހުރުން.
  3. އިނގިރޭސި އަދި ދިވެހި ބަހުން ފަސޭހަކަމާއެކު ވާހަކަދައްކަން، ލިޔަން އަދި ކިޔަން އެނގުން.
  4. މި މަސައްކަތްތަކަށް ބޭނުންވާވަރަށް ކޮމްޕިއުޓަރ (ޕަވަރަޕޮއިންޓް ޕްރެސެންޓޭޝަން) ބޭނުންކުރަން އެންގުން.
  5. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމާއި އަދި ގިނަ ބަޔަކާއި އެކުގައި ގުޅިގެން މަސައްކަތްކުރުން.
  6. އަތޮޅުތަކަށް މި މަސައްކަތާއި ގުޅިގެން ދަތުރުކުރުމަށް އުޒުރުވެރިނުވުން.

މި މަސައްކަތްކުރުމަސް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު  ހުށަހަޅަން ވާނެއެވެ.

1- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކްޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު

2- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް

3- އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)

4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ވީމާ، ސެޝަންތަށް ފެސިލިޓޭޓްކޮދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އޮތޯރިޓީގެ (ހ. ފުލިދޫގެ، 02 ވަނަ ފަންގިފިލާ) ރިސެޕްޝަނަށް މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތައް 30 ޖުލައި 2015  ވަނަ ދުވަހުގެ 14:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

ފޯން: 3010551

ފެކްސް: 3010552

އީމެއިލް: info@fpa.gov.mv

16 ޖުލައި 2015

16 ޖުލައި 2015
ހޯދާ