ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ރޭންކް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ޖީ. އެސް 3

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

އޮފީސް / އިދާރާ

ސެކްޝަން

ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ އިދާރާ

ކޯޕަރޭޓް އެފެއާޒް

ވަޒީފާއަދާކުރަން ޖެހޭ ތަން:

މުސާރަ:

ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ އިދާރާ

4465.00 ރުފިޔާ

ސަރވިސް އެލެވަންސް:

1500.00 ރުފިޔާ

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ޝަރުޠުތައް:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން، ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2މާއްދާ އިން ދަށްވެގެން ''ޑީ'' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލްސެޓްފިކެޓް އިމްތިޙާންގައި ''ދިވެހި'' މި މާއްދާއިން ދަށްވެގެން ''ސީ'' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އިދާރާގެ ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  2. މުވައްޒަފުންގެ ހާޒިރީގެ ތައްޔާރު ކުރުމާއި، ބެލެހެއްޓުން.
  3. އެންޓްރީ ކުރުމާއި، ލިޔުންތައް ރައްކާތެރިކޮށް ބެލެހެއްޓުން.
  4. އެންޓްރީ ކުރުމަށްފަހު ވެރިންގެ ލަފާގެ މަތިން ލިޔުން ސެކްޝަންތަކާއި ޙަވާލުކުރުން.
  5. ރަށުގައި އުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން.
  6. ރަށުގެ ތަފާސްހިސާބު ލިޔެ ބެލެހެއްޓުން.
  7. އިދާރާއިން އެހެނިހެން އޮފީސްތަކަށް ފޮނުވަންޖެހޭ އެކިއެކި ރިޕޯޓްތައް ލިޔެ ފޮނުވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ގިނަ ވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއްހުރި މީހެއްތޯއާއި، މަސައްކަތުގެ ހުނަރާއި، ޤާބިލުކަން ހުރި މީހެއްތޯ ބެލޭނެއެވެ.

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު:

29 ޖުލައި 2015 ވާ ބުދަ ދުވަހު ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ އިދާރާގައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

23 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14.00ގެ ކުރިން ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ އިދާރާ އަށް.

އުޖޫރައާއި އިނާޔަތްތައް:

 

މުސާރަ: (މަހަކު) 4465.00 ރުފިޔާ

ސަރވިސް އެލަވަންސް: (މަހަކު) 1500.00 ރުފިޔާ

މީގެ އިތުރުން ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގައި މަސައްކަތް ކުރުމުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފޯމު މިއިދާރާއިން ލިބެން ހުންނާނެއެވެ.)
  2.  ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4.  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

މި އިޢުލާނަކީ މި އިދާރާގެ ނަންބަރު: 456-C(A)/2015/19 (26 އެޕްރީލް 2015)ގެ އިޢުލާނުގައި ވަޒީފާއަށް ކުރިމަތިލުމަށް އެކަށީގެންވާ މުއްދަތު ދެވިފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެ މަޤާމަށް ކޮށްފައިވާ އިޢުލާނެކެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ (7980730) ނަންބަރު ފޯނާއެވެ. ނަންބަރަކީ އީ މެއިލް ކުރައްވާނީ ([email protected])އަށެވެ.

26 ރަމަޟާން 1436

 

13 ޖުލައި 2015
ހޯދާ