ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މި މަރުކަޒުގެ ލައިބްރަރީ ޢިމާރާތުން ކަތުރުފަނި ކެމިކަލްޖަހައި ނެއްތައިލަން ބޭނުންވެއްޖެ

އިޢުލާން

މި މަރުކަޒުގެ ލައިބްރަރީ  ޢިމާރާތުން ކަތުރުފަނި ކެމިކަލް ޖަހައި ނެއްތައިލަން ބޭނުންވެއްޖެ

މި މަރުކަޒުގެ ލައިބްރަރީ ޢިމާރާތުގައި (6 ކްލާސްރޫމް) އަޅާފައިވާ ކަތުރުފަނި އަމިއްލަ ތަކެތީގައި ކެމިކަލް ޖަހައި ނެއްތައިލަން ބޭނުން ވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމައްފަހު 29 ޖުލައި 2015 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގެންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ސާފުކުރެއްވުމައްފަހު އަންދާސީހިސާބު ހުށަހަޅުއްވާއިރު ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުއްވާ ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ހުށަހަޅުއްވަން ވާނެއެވެ.

މިކަމަށް އެދި މިމަރުކަޒުން ކުރި ނަންބަރު:GS08/2015/12 އިޢުލާނާ ގުޅިގެން އެކަށީގެންވާ އިޖާބަ ލިބިފައިނުވާތީ އެ އިޢުލާން ބާޠިލު ކުރި ވާހަކަ ދެންނެވީމެވެ.

21 ރަމަޟާން 1436

08 ޖުލައި 2015
ހޯދާ