މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކޯޓަށް، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް:

އެސިސްޓެންޓް ލީގަލް އޮފިސަރ

ރޭންކް:

LS2

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓް

މުސާރަ:

މަހަކު -/9،412 ރުފިޔާ (ނުވަހާސް ހަތަރުސަތޭކަ ބާރަ ރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/3000 ރުފިޔާ (ތިންހާސް ރުފިޔާ)

ލިވިންގެ އެލަވަންސް:

މަހަކު -/2250 ރުފިޔާ (ދެހާސް ދުއިސައްތަ ފަންސާސް ރުފިޔާ)

ޖުޑީޝަލް އެލަވަންސާއި އިތުރުގަޑީގެ ފައިސާ:

- ޖުޑީޝަލް އެލަވަންސަށް މުސާރައިގެ %25 

- އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

ފެންވަރު ނުވަތަ ޝަރުޠު:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްޢޫލިއްޔަތު:

- ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމުގެ ކުރިން މަޢުލޫމާތު ފުރިހަމަވެފައިވޭތޯ ޗެކުކުރުން.

- ކޯޓަށް ހުށަހެޅޭ ވަރި ކައިވެންޏާބެހޭ ފޯމްތަކާއި، އެގްރީމެންޓް ރަޖިސްޓަރީކުރުމަށް ހުށަހެޅޭ ފޯމްތައް ބަލައިގަތުމުގެ ކުރިން މަޢުލޫމާތު ފުރިހަމަވެފައިވޭތޯ ޗެކުކުރުން.

- ކޯޓަށް ހުށަހެޅޭ މައްސަލަތައް އިސްމެޖިސްޓްރޭޓް ނުވަތަ ކޯޓު ހިންގުމާއި ހަވާލުވެހުންނެވި މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެމަތިން ޤަޟިއްޔާ ހުށަހަޅާ ސެކްޝަންތަކާ މައްސަލަ ހަވާލުކުރުން.

- ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ފިޔަވަޅުތައް އެޅުމުގައި މެޖިސްޓްރޭޓުންނަށް އެހީތެރިވެދިނުން.

- އެކިއެކި ކޯޓުތަކުން ބަޔާން ނެގުމަށާއި މީހުން ހާޒިރުކޮށްދެއްވުމަށް އަންނަ މެސެޖުތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މެޖިސްޓްރޭޓް އަންގަވާގޮތެއްގެމަތިން ބަޔާންތައް ނެގުން.

- ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޑްރާފްޓްކޮށް ތައްޔާރުކުރުން.

- އެގްރީމެންޓް ރަޖިސްޓަރީކުރުމާބެހޭ އިދާރީ މަސައްކަތް ކުރުން.

- ނިމޭ މައްސަލަތަކުގެ ފައިލްތަކުގައި މައްސަލައާ ގުޅިގެން ހުންނަންޖެހޭ ހުރިހާ ލިޔުންތަކެއް ހަމައަށް ހުރިތޯ ބެލުމާއި، ރިޕޯޓު ތައްޔާރުކޮށް ފައިލަށް ލެވިފައިވޭތޯ ބެލުން.

- ޤާނޫނުތަކަށް އަންނަ ބަދަލުތައް ދިރާސާކޮށް، ޝަރީޢަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ޤަވާޢިދުތަކަށް ގެންނަން ފެންނަ ބަދަލުތައް ދިރާސާކޮށް، ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ރިޕޯޓް ތައްޔާރުކުރުމާއި، ޤާނޫނުތަކާއި ޤަވާޢިދުތަކަށް ގެނެވޭ އިޞްލާޙުތައް ފަނޑިޔާރުންނަށް ފޯރުކޮށްދިނުމާބެހޭ މަސައްކަތް، ކޯޓު ހިންގުމާ ޙަވާލުވެ ހުންނެވި މެޖިސްޓްރޭޓުގެ މަޝްވަރާގެމަތިން ކުރުން.

- ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް، ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުމާއި، ރިޕޯޓް ހޯދުމަށް އެދޭ ފަރާތްތަކަށް، ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ޤަވާޢިދުން ދޫކުރުން.

- ޝަރުޢީ މަސައްކަތްކުރާ ސެކްޝަނަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުން.

- ޤާނޫނުތަކާއި ގަވާޢިދުތައް އެއްކޮށް ހޯދައި، ފަސޭހައިން ފެންނާނޭހެން ބެހެއްޓުން،

- މިނޫނަސް، ޝަރީޢަތާބެހޭ ސެކްޝަނުގެ މަސައްކަތްތައް، މެޖިސްޓްރޭޓް އަންގަވާގޮތެއްގެމަތިން ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

މި މަޤާމްތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް

- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެ)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ (އެކްރިޑެޓްކޮށް، އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ އަސްލު)

- ވަޒީފާގެ ދާއިރާގައި ލިބިފައިވާ ތަޖުރިބާގެ ލިޔުންތައް (ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރައާއި، ރޭންކާއި، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެގޮތަށް)

- ވަޒިފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީވީ

ސުންގަޑި:

2015 ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން.

އިތުރު މަޢުލޫމާތު:

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން (އެމް.ކިއު.އޭ. އިން) އެކްރެޑެޓްކޮށްފައިވާ ސެޓުފިކެޓެއް ހުށަހަޅާނަމަ، ސެޓުފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުން އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން ހުށަހަޅާނަމަ، މަޤާމުގައި ވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

- މި މަޤާމުތަކަށް އެދި  ހުށަހަޅާ ފަރާތަކީ، މަޤާމުގެ ޝަރުޠު ފުރިހަމަވާ މީހަކަށްވުމާއެކު، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 70 ވަނަ މާއްދާގައި "ޝަރުޢީ ދާއިރާގެ ވަޒީފާއަށް ޢައްޔަންކުރެވޭ ޝަރުޠުތައް" ހަމަވާ މީހަކަށް ވާންވާނެއެވެ.

- އިޢުލާނުގައިވާ ސުންގަޑި ހަމަވުމުގެ ކުރިން، ފެކުހުން ނުވަތަ އީމެއިލުން ހުށަހަޅާ ފޯމާއި ލިޔުންތައް ބަލައިގަނެވޭނެއެވެ.

- ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓުން (www.judiciary.gov.mv ން) މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

26 ރަމަޟާން 1436

13 ޖުލައި 2015
ހޯދާ