ތ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ތަރުޖަމާނު (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލްގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވައިލަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، ގިނަވަގުތު މަސައްކަތުގައި އުޅެވޭ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމު

ތަރުޖަމާނު (ވަގުތީ)

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ތ. އަތޮޅު ހޮސްޕިޓަލް، ތ. ވޭމަންޑޫ

ޑިވިޜަން / ސެކްޝަން

އޯ.ޕީ.ޑީ

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ހޮސްޕިޓަލުން ހަމަޖައްސާ އުސޫލެއްގެމަތިން ޝިފްޓް ޑިއުޓީ އަދާކުރުން.
  2. ހޮސްޕިޓަލްގެ ޚިދުމަތަށް އެދިގެން އަންނަ މީހުންނަށާއި، ހޮސްޕިޓަލުގައި މަސައްކަތްކުރާ ބިދޭސީންނަށް ދިވެހިބަސް އިނގިރޭސިބަހަށް އަދި އިނގިރޭސިބަސް ދިވެހިބަހަށް ތަރުޖަމާކޮށްދިނުން.
  3. ބަލިމީހުންނަށް އެހީތެރިވެ، ޚިދުމަތުގެ މަގު ދައްކައިދިނުން.
  4. ޑޮކްޓަރުންނަށް މަސައްކަތުގައި އެހީތެރިވެދިނުން.
  5. ކޮންސަލްޓޭޝަން ރޫމްތައް ތައްޔާރުކޮށް، ބޭނުންވާ ލިޔެކިޔުންތަކާއި އެހެނިހެންތަކެތި ހޯދައި ބެލެހެއްޓުން.
  6. ކޮންސަލްޓޭޝަން ރޫމްތަކުގެ ސާފުތާހިރުކަން ބެލެހެއްޓުން.
  7. ކޮންސަލްޓޭޝަން ރެޖިސްޓަރ އެންޓަރކޮށް ބެލެހެއްޓުމާއި، ޤަވާއިދުން ކޭސްއެންޓްރީ ހެދުން.
  8. އެޗް.އައި.އެސްގައި ރެކޯޑްސްތައް އެންޓަރކުރުމާއި ބެލެހެއްޓުން.
  9. މެޑިކަލް ރިކޯޑްސް ރައްކާތެރިކުރުމާއެކު،  މެޑިކަލް ރިކޯޑްސްގެ މަސައްކަތްކުރާ މުވައްޒަފާ ޤަވާއިދުން ހަވާލުކުރުން.
  10. ޑޮކްޓަރުންގެ ކޯޓުތައް ބެލެހެއްޓުން.
  11. ރިސެޕްޝަނުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  12. ހޮސްޕިޓަލުން ރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާއި، އެހެން މުވައްޒަފުންނަށް މަސައްކަތުގައި އެހީތެރިވުން.

 

 

 

ތަޢުލީމާއި ތަޖުރިބާ

1. ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތް ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިންމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޯރމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތް ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިންމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޯރމޭޝަން ޓެކްނޮލޮޖީ،  ބިޒްނަސް  އެޑްމިނިސްޓްރޭޝަން،  ޕްރޮޖެކްޓް  މެނޭޖްމަންޓުގެ  މަސައްކަތު ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. ލިބިފައިވާ މަސައްކަތު ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  2. ސިވިލް ސަރވިސްގެ ގަވާއިދުގައިވާގޮތުގެމަތިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް -/75 ރުފިޔާ

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް، މި ހޮސްޕިޓަލުގެ އޮފީސްބައިގެ  ކައުންޓަރުން  ލިބެން  ހުންނާނެއެވެ.  އަދި  މިނިސްޓްރީ  އޮފް  ހެލްތުގެ  ވެބްސައިޓުން (www.health.gov.mv ން)  މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

މަތީގައި ބަޔާންކުރެވުނު ލިޔުންތަކުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.

ސުންގަޑި

15 ޖުލައި 2015 ވާ ބުދަ ދުވަހުގެ 12:00 (ހުށަހަޅާ ތަކެތި ބަލައިގަތުން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:30 އަށް ހޮސްޕިޓަލުގެ އޮފީސްބައިން ކުރިއަށްދާނެއެވެ.)

ޝޯޓްލިސްޓް ކުރުން

ވަޒީފާއަށް  ކުރިމަތިލާ ފަރާތްތަކުގެ  އަދަދު 10  ފަރާތަށްވުރެ  އިތުރުވެއްޖެނަމަ،  ތަޢުލީމާއި  ތަމްރީނާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓްކުރެވޭ 10 ފަރާތާ އެކަންޏެވެ.

އިންޓަވިއު އޮންނަ ތަނާއި ތާރީޚު

2015 ވަނަ އަހަރުގެ ޖުލައިމަހުގައި، ތ. އަތޮޅު ހޮސްޕިޓަލުގައި.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރަން ގުޅާނީ 6780057 ނަންބަރު ފޯނަށެވެ.

20 ރަމަޟާން 1436

07 ޖުލައި 2015
ހޯދާ