ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

މި އިޢުލާންވަނީ 13 ޖުލައި 2015 13:05 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:          

މަސައްކަތު

ބޭނުންވާ އަދަދު:  

1 (އެކެއް) (18 އަހަރު ފުރި 55 އަހަރު ނުފުރޭ ބޭފުޅުން)

ރޭންކް:          

އެސް. އެސް. 1 ) ސަޕޯޓް ސަރވިސް 1)

ކްލެސިފިކޭޝަން:    

ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް/ އިދާރާ:   

ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ 

ސެކްޝަން:      

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ 

މުސާރަ:            

މަހަކު 3,100.00 ރުފިޔާ

ސަރވިސް އެލަވަންސް:    

މަހަކު 1,000.00 ރުފިޔާ

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ޚުލާޞާ.

1. ވާރުގެއާއި، ވާރުގޭ ގޯއްޗާއި، ގުޅިފައިވާ މަގާއި، ގޯޅި، ވިނަ ނޮޅައި، ސާފުކޮށް ބެލެހެއްޓުން.  

2. އަތޮޅު ކައުންސިލް އިދާރާއާއި، އަތޮޅު ކައުންސިލްގެ ގޯއްޗާއި، ގުޅިފައިވާ މަގާއި، ގޯޅި، ވިނަ ނޮޅައި ސާފުކޮށް ބެލެހެއްޓުން.  

3. އަތޮޅު ބޮޑުގޭ ގޯއްޗާއި، ގުޅިފައިވާ މަގާއި، ގޯޅި، ވިނަ ނޮޅައި ސާފުކޮށް ބެލެހެއްޓުން.

4. އަތޮޅު ކައުންސިލްގެ އިދާރާއިން އެކިތަންތަނަށް ފޮނުވަންޖެހޭ ތަކެތި، އެތަކެތި ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުން.

5. އެކިއެކި ބޭނުމަށް އޮފީހަށް ހާޒިރުކުރަންޖެހޭ މީހުންނަށް ކިއުން.

6. އޮފީހަށް ގަންނަންޖެހޭ ތަކެތީގެ އަގު ބެލުމާއި، ގެންނަންޖެހޭ ތަކެތި ގެނައުން.

7. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރާ އެންމެހައި ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމާއި، ތަމްރީން، މަސައްކަތު ތަޖުރިބާ، މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމާއި ސިފަތަކުގެ ބައިތަކުން އެންމެ މަތިން ސްކޯކުރާ ފަރާތް (މެރިޓް އުޞޫލުން)

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

އިންޓަވިއު އޮންނާނީ، 2015 އޯގަސްޓު 9 ން ފެށިގެން ރަސްމީ 5 ދުވަހުގެ މުއްދަތަށް ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. (މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން މި މުއްދަތުގައި މި ރަށުގައި ހުންނަންވާނެއެވެ.)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2015 ޖުލައި 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމުންނެވެ.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އޮންނަ އުޞޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، މި އިދާރާއިންނާއި، ސިވިލްސަރވިސް ކޮމިޝަނުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން)  މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

4- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

7- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

8- ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ މީހެއްނަމަ، މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމް.

ނޯޓު:

މި އިޢުލާނުގައިވާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަޞްލާ އެއްގޮތްކަން ކަށަވަރުކުރާނީ، ހަމައެކަނި އިންޓަވިއުއަށް ހޮވޭ މީހުންގެ ލިޔުންތަކެވެ. އެކަން ކަށަވަރު ކުރާނީ، އިންޓަވިއުއަށް އެމީހަކު ހާޒިރުވާއިރު އެ ލިޔުންތަކުގެ އަޞްލު ގެނެސް، ލިޔުންތައް އޭގެ އަޞްލާ އެއްގޮތްކަމަށް ކަށަވަރުކޮށް، މި އިދާރާއިން ކޮޕީ ލިޔުމުގައި ސޮއިކޮށް، ތާރީޚު ޖަހައިގެންނެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން  މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ 6760023 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6760604 އެވެ. އީ މެއިލްކުރާނީ [email protected] އަށެވެ.

22 ރަމަޟާން 1436

09 ޖުލައި 2015
ހޯދާ