ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބ.ދަރަވަންދޫގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެއާ ގުޅޭ

ބ.ދަރަވަންދޫގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެއާ ގުޅޭ

މި ކުންފުނީގެ ބ.ދަރަވަންދޫ އިންޖީނުގެ މިހާރު ހުރި ތަން ނޫން އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށްޓަކައި، ކުންފުނިން ދޭ ކުރެހުމާއި، ބީއޯކިޔުއާ އެއްގޮތަށް އަމިއްލަ ތަކެތީގައި، އެ މަސައްކަތް އެ ރަށުގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސަތްކަތާ ބެހޭ މަޢުލޫމާތު ހިމެނޭ ބިޑް ޑޮކިޔުމަންޓަކީ ވިއްކާ ގޮތަށް ހަމަޖެހިފައިވާ ޑޮކިޔުމެންޓެއް ކަމުގައި ދަންނަވަމެވެ.

  • ބިޑް ޑޮކިއުމަންޓްގެ އަގު: -/1,000ރ (ނޮންރީފަންޑަބަލް)
  • ބިޑް ޑޮކިއުމަންޓް ވިއްކާ މުއްދަތު: 2015 ޖުލައި 12 ން 15 ގެ ނިޔަލަށް ރަސްމީ ގަޑީގައި 10:30 އިން 13:30 އަށް.
  • ފައިސާ ބަލައިގަންނަ ތަން: 07 ވަނަ ފަންގިފިލާ، ޕޯޓް ކޮމްޕްލެކްސް. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް. ބިޑް ޑޮކިޔުމެންޓަށް ފައިސާ ދެއްކެވުމުން ހަމަ އެތާރިޙްގައި ބިޑް ޑޮކިޔުމެންޓްގެ ޕީ.ޑީ.އެފް ލިބިވަޑައިގަންނަވާނެއެވެ.
  • މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޖުލައި 16 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި ކުންފުނީގެ ހެޑް އޮފީހަށް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ބ.ދަރަވަންދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މި ގަޑީގެ ފަހުން ދުރުވާ ފަރާތްތަކަށް ޕްރީ-ބިޑް ސެޝަންގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.
  • މި ބިޑްގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑް ޑޮކިއުމަންޓް ގަންނަ ފަރާތްތައް އެކަނި ކަމުގައި ދަންނަވަމެވެ.
  • ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2015 ޖުލައި 21 ވާ އަންގާރަ ދުވަހުގެ 11:30 ގައި އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ބ.ދަރަވަންދޫ ބްރާންޗަށެވެ. މިގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވަހަކަ ދަންނަވަމެވެ.

 22 ރަމަޟާން 1436

09 ޖުލައި 2015
ހޯދާ