ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ވިޜުއަލް އަދި ޕާރފޯމިންގ އާޓްސް މުބާރާތް 2015

އިޢުލާން

ވިޜުއަލް އަދި ޕާރފޯމިންގ އާޓްސް މުބާރާތް 2015

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، 2015 ވަނަ އަހަރު ދެއްވަން ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރެއިން، "ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުން" މިދާއިރާއިން، ތިރީގައި ދެންނެވިފައިވާ ދެ މައުޟޫޢު ރަމްޒުކޮށްދޭ ގޮތަށް، ވިޜުއަލް އަދި ޕާރފޯމިންގ އާރޓްސްގެ އެހީގައި އުފައްދާ އުފެއްދުންތަކުގެ ތެރެއިން އެންމެ ރަނގަޅު ދެ އުފެއްދުމެއް ހުށަހަޅާ ދެ ފަރުދުންގެ އުފެއްދުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ހުށަހެޅުމަށްވަނީ ހަމަޖެހިފައެވެ. މިދެންނެވުނު ދެ މައުޟޫޢަކީ:

ހ. ރާއްޖެއަށް މިނިވަންކަން ހޯދުމަށް ކުރި މަސައްކަތްތަކާއި އަދި މިނިވަންކަން ދެމެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތައް.

ށ. ދިވެހިރާއްޖޭގެ ތާރީޚީ ހާދިސާތަކުގެ މައްޗަށް ލިޔެފައިވާ ވާހަކައެއް ނުވަތަ ހާދިސާއެއް އަސްލަކަށް ބަލައިގެން ނުވަތަ ދިވެހި ފޯކުލޯއެއްގެ މައްޗަށް ބިނާކޮށް އަސްލު ނުގެއްލޭގޮތަށް ބަޔާންކޮށް އުފައްދާފައިވާ މަސައްކަތެއް.

ވީމާ، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން އިންތިޒާމުކޮށް ހުޅުވާލާ މި މުބާރާތަކީ، މިދެންވުނު ދެ މައުޟޫޢަށް އަމާޒުކޮށް، ވިޜުއަލް އަދި ޕާރފޯމިންގް އާޓްސްގެ އެހީގައި އެންމެ ރަނގަޅު އުފެއްދުމެއް ތައްޔާރުކުރާ ދެ ފަރުދުން ހޮވުމަށް ބޭއްވޭ މުބާރާތެކެވެ.

މިގޮތުން އުފައްދާ އުފެއްދުންތައް ތިރީގައި ބަޔާންކޮށްފައިމިވާ މީޑިއަމްތަކުގެ ތެރެއިން  ކޮންމެ މީޑިއަމްއެއްގެ އެހީގައިވެސް ތައްޔާރުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

  • މިއުޒިކަލް
  • ޑޮކިއުމެންޓްރީ
  • ކުރު ފިލްމް (ލައިވް އެކްޝަން ނުވަތަ އެނިމޭޝަން)
  • ކޮމިކް

މީގެ އިތުރުން، ދެންނެވިފައިވާ ކޮންމެ މީޑިއަމަކުން އެންމެ ފެންވަރު ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަށް ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން -/50000 (ފަންސާސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ގޮތުން ހޮވޭ ފަރާތްތަކުގެ ހުށަހެޅުންތައް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ވާދަކުރުމުގެ ފުރުޞަތު ލިބޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ 13:15 ގައި ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 15:00ގެ ކުރިން ހުށަހެޅުންތައް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

14 ރަމަޟާން 1436

01 ޖުލައި 2015
ހޯދާ