މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ބޭހުގެ ފެންވަރު ކަށަވަރުކުރުމަށް ހިންގާ މި ޕްރޮގްރާމާ ބެހޭ

އިޢުލާނު

ރާއްޖެއަށް އެތެރެކޮށް ވިއްކާ ޑޮކްޓަރީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމުގެ ގޮތުން ބޭހުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ނުވަތަ "އެޑްވާރސް ރިއެކްޝަންސް" މޮނިޓަރ ކުރުމާއި ބޭސް ޓެސްޓް ކުރުމުގެ މަސައްކަތް މި އޮތޯރިޓީން ވަނީ ފަށާފައެވެ. މިގޮތުން ފުރަތަމަ މަރުޙަލާގައި ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކުރުމަށްޓަކައި އެޝެންޝަލް މެޑިސިން ލިސްޓުގައި ހިމެނޭ ބޭހުގެ ތެރެއިން އެންމެ އާންމުކޮށް ބޭނުން ކުރާބޭސް ޓެސްޓްކުރެވޭނެއެވެ. މީގެ އިތުރުން ބޭހުގެ ރައްކާތެރިކަމާއި ފެންވަރާމެދު ޝައްކު އުފެދޭ ނަމަ އެ ބޭހެއްވެސް ޓެސްޓް ކުރެވޭނެއެވެ. މިގޮތުން ރާއްޖެއަށް ބޭސް އެތެރެކުރާ ޕޯޓްތައް، ފާމަސީ، ގުދަން އަދި ޞިއްޙީ ހިދުމަތްދޭ މަރުކަޒުތަކުން ސާމްޕަލް ނަގައި ޓެސްޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ބޭހުގެ ފެންވަރު ކަށަވަރުކުރުމަށް ހިންގާ މިޕްރޮގްރާމް ކުރިއަށްދާކަން ބޭސް އިމްޕޯރޓްކޮށް ވިއްކާ ފަރާތްތަކާއި ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

13 ރަމަޟާން 1436ހ.

30 ޖޫން 2015
ހޯދާ