މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޭބަލް ޓީވީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން

ށ.ގޮއިދޫގައި ކޭބަލް ޓީވީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ށ.ގޮއިދޫއަށް ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް ރައްޔިތުން ޤާއިމުކޮށްފައިވާ ނެޓްވާރކް ބޭނުންކޮށްގެން ދިގުމުއްދަތަކަށް ކޭބަލްޓީވީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 20 ޖުލައި 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަވެސް ދެންނެވީމެވެ.           

7 ރަމަޟާން 1436

24 ޖޫން 2015
ހޯދާ