އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
Software Based PBX 1 ސިސްޓަމް ސަޕްލައިކޮށް، އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މިކޮމިޝަނަށް (Software Based PBX) 1 (އެކެއް) ސިސްޓަމް ސަޕްލައިކޮށް، އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވިފައިވާ ނަންބަރު A/IUL/2014/95-ފ123 (04 ނޮވެންބަރު 2014) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުގެ މުއްދަތު ހަމަވެފައިވާތީއާއި، އެ އިޢުލާނާ ގުޅިގެން ހެދިފައިވާ މަޢުލޫމާތުޝީޓުގައި ހިމެނިފައިވާ ޕޮއިންޓްދޭ ނިޒާމަށް ބައެއް ބަދަލު ގެންނަން ބޭނުންވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިކޮމިޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 14 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

12 ރަމަޟާން 1436

29 ޖޫން 2015
ހޯދާ