ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންގެ ކޮމިޓީގެ '' ފިޔަ '' އިމާރާތުގައި ކުރަންހުރި މަރާމާތުތަކާބެހޭ

ގއ. ވިލިނގިލީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނަށް ކުއްޔަށް ދޫކޮށްފައިވާ '' ފިޔަ '' އިމާރާތުގައި ކުރަންހުރި މަރާމާތުތައް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރު: B-407 / 2015 / 60 ގެ އިއުލާނާ ގުޅިގެން މައުލޫމާތު ސާފު ކުރަން ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުވީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިއުލާނު ބާޠިލް ކޮށް އަލުން މިމަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 30 ޖޫން 2015 ވާ އަންގާރަ ދުވަހު މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 6 ޖުލައި 2015 ވާ ހޯމަ ދުވަހުގެ 13.00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރުމަށް ދެންނެވިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތައް މައުލޫމާތު ސާފުކުރުމުގައި ބައިވެރި ނުކުރެވޭނެއެވެ. އަދި ގަޑި ޖެހިގެން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިގަތުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ. އަދި އަންދާސީހިސާބުތައް ހުށަހަޅާއިރު ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓަރީ ކޮޕީ އަދި އަމިއްލަ ފަރުދެއްނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގައި ކޮށްފައިވާ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަން ވާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

                 6 ރަމަޟާން 1436 ހ.

23 ޖޫން 2015
ހޯދާ