މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ކޮންކްލޫޑިން އޮބްޒަވޭޝަންސްް ތަރުޖަމާ ކުރުން

'ކޮންކްލޫޑިން އޮބްޒަވޭޝަންސްް' ތަރުޖަމާ ކުރުން

1993 ވަނައަހަރު ދިވެހިރާއްޖެ ބައިވެރިވެފައިވާ، 'އަންހެނުންނާމެދު ކުރެވޭ ނޭދެވޭ ތަފާތުތައް ނައްތާލުމާ ބެހޭ މުޢާހަދާ (Convention on the Elimination of All Forms of Discrimination Against Women – CEDAW)" (ސީޑޯ) ގެ ދިވެހިރާއްޖޭގެ ހަތަރެއް އަދި ފަސްވަނަ ޕީރިއޮޑިކް ރިޕޯޓްގެ ރިވިއުގެ "ކޮންކްލޫޑިން އޮބްޒަވޭޝަންސް" އިނގިރޭސިބަހުން ދިވެހިބަހަށް ތަރުޖަމާކުރަން ބޭނުންވެއެވެ.

ވީމާ، "ކޮންކްލޫޑިން އޮބްޒަވޭޝަންސް" އިނގިރޭސި ބަހުން، ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 30 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 11:00 ގައި ބިއްލޫރިޖެހިގެ (1 ވަނަ ފަންގިފިލާ) ގައެވެ. އަދި 6 ޖުލައި 2015 ވާ ބުދަ ދަވަހުގެ 11:00 ގައި ބިއްލޫރިޖެހިގެއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

06 ރަމަޟާން 1436 

23 ޖޫން 2015
ހޯދާ