ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނިފޯމު ފަހައިދޭނެ ފަރާތެއް ހޯދުމާބެހޭ

މި ސްކޫލުގެ އެކްޓިވިޓީ ޔުނިފޯމު ފަހައިދޭނެ ފަރާތެއް ހޯދުމާބެހޭ

މި ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމު ފަހައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: RS/IUL/2015/66ފ(31 މޭ 2015) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، މި ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމު ފަހައިދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމު ފަހައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 5 ޖުލައި 2015 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ އޮފީހަށް ވަޑައިގެންނެވުމަށް ދެންނެވީމެވެ. އަދި 12 ޖުލައި 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު މި ސްކޫލުގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3359901 ނަންބަރު ފޯނާއެވެ.

6 ރަމަޟާން 1436

23 ޖޫން 2015
ހޯދާ