މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ކ.ގުރައިދޫގައި އަލަށް ހަދަން ފަށާފައިވާ ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ދެވަނަ އިޢުލާން (B-338/2015/13) އާ ގުޅިގެން މިކައުންސިލާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ފަރާތުން ހަދާފައިވާ ކުރެހުންތަކާއި މަޢުލޫމާތުޝީޓަށް ގެނެވުނު ބަދަލުތަކަކާ ގުޅިގެން އެ އިޢުލާން ބާޠިލުކޮށް، މިމަސައްކަތް ކުރުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތައް ތިރީގައިވާ ތާރީޚުތަކަށް ސަމާލުވުމަށް ދަންނަވަމެވެ.

 

ތަން

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

ކ.ގުރައިދޫ ކައުންސިލް އިދާރާ

30 ޖޫން 2015

އަންގާރަ

10:30

އަންދާސީހިސާބު ހުށަހެޅުން

ކ.ގުރައިދޫ ކައުންސިލް އިދާރާ

07 ޖުލައި 2015

އަންގާރަ

10:30

މަޢުލޫމާތު ފުރިހަނުވާ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

23 ޖޫން 2015
ހޯދާ