މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
6 ކްލާސްރޫމް ޢިމާރާތްކުރާނެ ފަރާތެއް ހޯދުމަށް

ގދ.ތިނަދޫ އަބޫބަކުރު ސްކޫލް 6 ކްލާސްރޫމް ޢިމާރާތްކުރާނެ ފަރާތެއް ހޯދުމަށް

ގދ. ތިނަދޫ ސްކޫލުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 6 ކްލާސްރޫމް (3 ބުރި ޢިމާރާތް) އަމިއްލަ ތަކެތީގައި ޢިމާރާތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

24 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 10:30

01 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ 12:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341138 ނަންބަރު ފޯނާއެވެ.

22 ޝަޢުބާން 1436

09 ޖޫން 2015
ހޯދާ