އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަގުކޮމެޓީގެ ދަފުތަރު އެކުލަވާލުމާބެހޭ:

މިކޯޓަށް ހުށަހެޅޭ އެކިއެކި މައްސަލަތަކާގުޅިގެން، ގޯތިގެދޮރާއި އެހެންވެސް ތަންތަނާއި ތަކެތި އަގުކުރުމަށް ބޭނުންވާތީ، އެފަދަ ތަންތަނާއި ތަކެތި އަގުކޮށްދޭނެ ފަރާތްތައް އައްޔަންކޮށް އަގު ކޮމިޓީގެ ދަފުތަރެއް އެކުލަވާލުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 ޖޫން 2015 ދުވަހުގެ 15:00 ގެ ކުރިން  ލިޔުމަކުން އެކަން މިކޯޓަށް އަންގަވައިދެއްވުން އެދެމެވެ. އަގުކުރާ ކަންކަމާއި ތަންތަނާއި ތަކެތީގެ ތެރޭގައި، ރޭނުމާއި ވަޑާންކުރުމާއި ފެންވައިރިންގ ކުރުމާއި އަތްކަންކުރުމާއި ކަރަންޓު ވައިރިންގ ކުރުމާއި އިލެކްޓްރޯނިކްސް މަސައްކަތްކުރުމާއި ރެފްރިޖަރޭޝަނާއި އެއަރ ކޮންޑިޝަންގެ މަސައްކަތްކުރުން ފަދަ ކަންކަން ހިމެނޭތީ، މީގެ ތެރެއިން އެމީހަކު ފަންނުވެރިވެފައިވާ ކަމެއް މިލިޔުމުގައި ބަޔާންކުރުން އެދެމެވެ. އަދި މިފަދަ ކަމެއްގެ ތަމްރީނު ހޯދާފައިވާ މީހެއްނަމަ، ލިބިފައިވާ ސެޓުފިކެޓުގެ ކޮޕީއެއް ހުށަހެޅުއްވުންއެދެމެވެ.

އަގު ކޮމެޓީގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މަސައްކަތް ޙަވާލުކުރެވޭނީ، އޭގެ ތެރެއިން އެވަގުތަކު ކުރަން ބޭނުންވާ ކަމަކާގުޅޭގޮތުން އެންމެ ބޮޑަށް މަޢުލޫމާތާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ.

އަގު ކޮމިޓީގެ މެމްބަރުންނަށް ދެވޭ އުޖޫރަ އާއި ޢިނާޔަތްތައް:

އަގު ކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ކޮންމެ ދުވަހަކަށް -/300 (ތިންސަތޭކަ ރުފިޔާ).

ޝަރުޠު:

ގޯތިގެދޮރާއި އެހެންވެސް އެފަދަ ތަންތަނާއި ތަކެތި އަގު ކުރުމުގެ ފަންނީ އަދި ޢަމަލީ މަޢުލޫމާތު ލިބިފައިވުމާއި އަދިއެކަމަށް އެކަށޭނެ މިންވަރަށް ތަޢުލީމާއި ތަޖުރިބާ ލިބިފައިވުން.

 

03 ޖޫން 2015
ހޯދާ