މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސޮފްޓްވެއަރއެއް ތައްޔާރުކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިއޮތޯރިޓީގެ އެއްގަމާއި ކަނޑުގެ ޚިދުމަތްތައް ދިނުމުގައި ބޭނުންކުރާނެ ސޮފްޓްވެއަރއެއް ތައްޔާރުކުރުމަށް ބޭނުންވެގެން ކޮށްފައިވާ ނަންބަރު IUL)202-A/1/2015/55)ފ(30 އެޕްރީލް 2015) އިޢުލާނާ ގުޅިގެން ދެވިފައިވާ މަޢުލޫމާތަށް އިތުރު ބަދަލުތަކެއް ގެންނަން ބޭނުންވާތީ، މިއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތަށް އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 16 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

16 ޝަޢުބާން 1436    

03 ޖޫން 2015
ހޯދާ