ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ލައިބްރަރީއަށް ބޭނުންވާ ފޮތް ހޯދުމާބެހޭ

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ލައިބްރަރީއަށް ބޭނުންވާ ފޮތް ގަންނަން ހޯދުނު 2 ވަނަ ނަންބަރު: RS/IUL/2015/37ފ(22 އެޕްރީލް 2015) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، މި ސްކޫލުގެ ލައިބްރަރީއަށް ބޭނުންވާ ފޮތް ގަތުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 ޖޫން 2015 ވާ ބުދަ ދުވަހުގެ 11:30 ގައި މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ އޮފީހަށް ވަޑައިގެންނެވުމަށް ދެންނެވީމެވެ. އަދި 09 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 10:00އަށް އަންދާސީހިސާބު މި ސްކޫލުގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3359901 ނަންބަރު ފޯނާއެވެ.

09 ޝަޢުބާން 1436

27 މޭ 2015
ހޯދާ