ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ލެބޯޓްރީ ޓެކްނީޝަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ލެބޯޓްރީ ޓެކްނީޝަން

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ރޭންކް:

އެމް. އެސް. 2

މަޤާމުގެ ކުލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ގިންތި:

ދާއިމީ

ވަޒީފާ އޮތް އޮފީސް:

ރެހެންދި ސްކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:

އިދާރީ ސެކްޝަން

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އިތުރުގަޑީގެ ފައިސާ:

- އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

 

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

- ހަމަޖެހިފައިވާ ތާވަލްތަކާ އެއްގޮތަށް ލެބުގައި ނަގާ ޕްރެކްޓިކަލްތަކަށް ތައްޔާރުކުރުން.

- ޕްރެކްޓިކަލްއަށް ބޭނުން ތަކެތީގެ ލިސްޓް ލިބުމުން، ތަކެތި ހަމަކުރުން.

- ޕްރެކްޓިކަލް ނިމުމުން، އިކުއިޕްމަންޓްތައް ނަގައި ސާފުކުރުން.

- ލެބުގައި ބޭނުންކުރާ ހުރިހާ އިކުއިޕްމަންޓްތަކާއި ތަކެތި އިންތިޒާމްކޮށް ބެލެހެއްޓުން.

- ލެބުގައި ފިލާވަޅުތައް ނަގައިދޭއިރު، ޓީޗަރަށް އެހީތެރިވެދިނުން.

- ސެޝަން ނިމުމުން، ދޮރުތައް ލައްޕައި، ސްޓޯރޫމާއި ލެބް ތަޅުލުން.

- ސެޝަން ފެށުމުގެ ކުރިން  ޤަވައިދުން ސްކޫލް އޮފީހުން ތަޅުދަނޑި ނަގައިގެން ލެބް ހުޅުވުމާއި، ސެޝަން ނިމުމުން، ލެބް ތަޅުލުމަށްފަހު،  އޮފީހާ ތަޅުދަނޑި ހަވާލުކުރުން.

- ލެބުން ހަލާކުވާ ތަކެތީގެ ލިސްޓް ތައްޔާރުކޮށް ބެލެހެއްޓުން.

- ކޮންމެ އަހަރެއް ނިމުމުން، އިންވެންޓްރީ ޗެކްކޮށް، ސްކޫލުގެ އޮފީހަށް ރިޕޯޓް ހުށަހެޅުން.

 

 

 

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއަށް ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
  • ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

 

 

އިންޓަވިއުކުރުން:

  • މި  މަޤާމަށް  މީހުން ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިޔު ކުރުމަށް ފަހުގައެވެ. އިންޓަވިޔު އޮންނާނީ، 8 ޖޫން 2015 އާއި 11 ޖޫން 2015 އާ ދެމެދުގެ ތާރީޚެއްގައި ރެހެންދި ސްކޫލުގައެވެ.
  • މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓް ލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކަށެވެ.
  • މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

 

 

 

ޝަރުޠު ހަމަވާ ފަރާތަކުން ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމް (ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމު، މި  ސްކޫލުގެ  އޮފީހުން  ލިބެން  ހުންނާނެއެވެ.  އަދި  ސިވިލް  ސަރވިސް  ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު).

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، 2015 ޖޫން 7 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13.00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، ރެހެންދިސްކޫލް އޮފީހަށް ހުށަހެޅުން އެދެމެވެ.

ނޯޓް: 

މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 3359901 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 8 ޝަޢުބާން 1436
26 މޭ 2015
ހޯދާ