މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް ތަކެތި ގަނެދޭނެ ފަރާތެއް ހޯދުމަށް

މިއިދާރާއަށް ބޭނުންވާ ތަކެތި ހޯދުމާބެހޭ

 މިއިދާރާއަށް ބޭނުންވާ ތިރީގައި ދަންނަވާފައިވާ ތަކެތި ހޯދައިދޭނެ ފަރާތެއް ހޯދުމަށްޓަކައި މިއިދާރާއިން ކުރި ނަންބަރު 49/IUL)311/INDIV/2015)ފ(21 މޭ 2015) ގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެލައްވާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 މިއިދާރާއަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ހޯދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  • 2 ކޮމްޕިއުޓަރ ސިސްޓަމް
  • 1 ލެމިނޭޓް މެޝިން
  • 2 ފައިލިން ކެބިނެޓް
  • 2 ލައުޑްސްޕީކަރ
  • 1 ސޯފާސެޓް
  • 1 ފިންގަރޕްރިންޓް ޑިވައިސް

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 02 ޖޫން 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 14:00 ގައި މިއިދާރާގައެވެ. އަދި ހުށަހެޅޭ ޕްރޮޕޯޒަލްތައް ކެނޑުން އޮންނާނީ 07 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 14:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6580072 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ހުށަހެޅޭ ޕްރޮޕޯޒަލްތަކަށް މާކްސް ދެވޭނީ ތިރީގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިންނެވެ.

  • އަގަށް: %80
  • ތަކެތި ފޯރުކޮށްދެވޭނެ މުއްދަތަށް: % 10
  • ވޮރެންޓީއަށް:  % 10

9 ޝަޢުބާން 1436

27 މޭ 2015
ހޯދާ