މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ބ. ދޮންފަނު ހެލްތު ސެންޓަރުގައި ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

ބ. ދޮންފަނު ހެލްތު ސެންޓަރުގައި ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 މޭ 31 ވާ އާދީއްތަ ދުވަހުގެ 10:00އަށް ބ. އަތޮޅު ހޮސްޕިޓަލަށާއި ބ. ދޮންފަނު ހެލްތު ސެންޓަރަށް އަދި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖޫން 7 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ބ. އަތޮޅު ހޮސްޕިޓަލަށާއި ބ. ދޮންފަނު ހެލްތު ސެންޓަރަށް އަދި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

02 ޝަޢުބާން 1436       

21 މޭ 2015
ހޯދާ