ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސީ. ވޯޓަރ ކޫލިންގ ސިސްޓަމްގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރާނެ ފަރާތެއް ހޯދުމާބެހޭ

އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގައި ޤާއިމުކުރުމަށް ބޭނުންވާ ސީ. ވޯޓަރ ކޫލިންގ ސިސްޓަމްގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރާނެ ފަރާތެއް ހޯދުމާބެހޭ

މިކުންފުނީގެ ފަރާތުން އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގައި ޤާއިމުކުރަން ބޭނުންވާ ސީވޯޓަރ ކޫލިންގ ސިސްޓަމްގެ ކޮންސްޓްރަކްޝަން މަސައްކަތް (ބޯހޯލް ހެދުމާއި، ޕަންޕް ސްޓޭޝަން ހެދުމާއި، މޫދަށް ހޮޅިއެޅުން) ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވަޑައިގަންނަވާ ފަރާތްތަކުން 2015 މޭ 31 ވާ އާދީއްތަ ދުވަހުގެ 12:00 އަށް މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖޫން 10 ވާ ބުދަ ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާލީމެވެ.

7 ޝަޢުބާން 1436

25 މޭ 2015
ހޯދާ