ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޑީސަލް އުފުލައިދޭނެ ފަރާތެއް ހޯދުމާބެހޭ

މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް 01 (އެކެއް) އަހަރުގެ މުއްދަތަށް، ބ.ރީޖަންގެ ބްރާންޗްތަކަށް ބޭނުންވާ ޑީސަލް އުފުލައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: FNK-K(T)/FNK/IUL/2014/122ފ(18 ސެޕްޓެންބަރު 2014) އިޢުލާން ބާޠިލު ކުރުމަށްފަހު، މިފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވަޑައިގަންނަވާ ފަރާތްތަކުން 01 ޖޫން 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ބ. އޭދަފުށި ބްރާންޗް (ބ. އަތޮޅު ރީޖަނަލް އޮފީސް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖޫން 07 ވާ އާދީއްތަ ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ މިކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ބ. އޭދަފުށި ބްރާންޗް (ބ. އަތޮޅު ރީޖަނަލް އޮފީސް) އަށެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާލީމެވެ.

7 ޝަޢުބާން 1436

25 މޭ 2015
ހޯދާ