ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވެކިއުމް ސްޓޭޝަން ބިލްޑިންގއެއް ޤާއިމުކުރުން

ސ. ހިތަދޫގައި ވެކިއުމް ސްޓޭޝަން ބިލްޑިންގއެއް ޤާއިމުކުރުން

އައްޑޫސިޓީގެ ހިތަދޫ މެދު ސަރަޙައްދުގައި ވަޅުލެވިފައިވާ ވެކިއުމް ނަރުދަމާ ނިޒާމުގެ ވެކިއުމް ސްޓޭޝަން ބަހައްޓައި ޢިމާރާތް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:FNK-K(T)/FNK/IUL/2014/131ފ(27 އޮކްޓޫބަރު 2014) އިޢުލާން ބާޠިލުކުރުމަށްފަހު، މި ފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވަޑައިގަންނަވާ ފަރާތްތަކުން 2015 ޖޫން 04 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ އައްޑޫ ބްރާންޗް (ހިތަދޫ ރީޖަނަލް އޮފީސް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖޫން 11 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ މިކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ އައްޑޫ ބްރާންޗް (ހިތަދޫ ރީޖަނަލް އޮފީސް) އަށެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާލީމެވެ.

7 ޝަޢުބާން 1436

25 މޭ 2015
ހޯދާ