އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީގެ ގޭބިސީތަކުން ނަގާ ކުނި، ކުނިކޮށްޓަށްް ޖަމާކޮށްދޭނެ ފަރާތެއް ހޯދުން

އައްޑޫސިޓީގެ ގޭބިސީތަކުން ނަގާ ކުނި، ކުނިކޮށްޓަށްް ޖަމާކޮށްދޭނެ ފަރާތެއް ހޯދުން

އައްޑޫސިޓީގެ ގޭބިސީތަކުން ނަގާކުނި، އައްޑޫސިޓީގެ ކުނިކޮށިތަކަށް ޖަމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ކުނިކޮށިތައް މިހާރު ޤާއިމުކުރެވިފައިވަނީ ހުޅުމީދޫ އަވަށުގައާއި ހިތަދޫ ރުއްޖެހެރެގައެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 މޭ 2015 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިި އިދާރާއަށާއި މީދޫ އަވަށުއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 މޭ 2015 ވާ ބުދަދުވަހުގެ 14:00 އަށް މި އިދާރާއަށާއި މީދޫ އަވަށު އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ކޮންމެ ކުނިކޮށްޓަކަށް ވަކި ހުށަހެޅުމެކެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި އިދާރާގެ ކޮންފަރެންސް ހޯލުގައާއި މީދޫ އަވަށު އޮފީހުގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މި އިދާރާގެ ކޮންފަރެންސްހޯލަށާއި މީދޫ އަވަށު އޮފީހަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މި ސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކައާއި މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

2 ޝަޢުބާން 1436

20 މޭ 2015
ހޯދާ