މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ މަރާމާތާގުޅޭ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި ސްކޫލުގެ ނަންބަރު 2015/08/އެމް.އެސް އިޢުލާނާ ގުޅިގެން ދެވުނު މަޢުލޫމާތުގައި މައްސަލަތަކެއް ހުރުމާއެކު، އެއިޢުލާން ބާޠިލުކޮށް، އެމަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

2 ފާޚާނާބަރީގެ މުށިކޮށައި އެކިކަހަލަ މަރާމާތުކޮށް މުށިޖެހުން.

ކުރިބޯށި އިމާރާތުގެ މަރާމާތާއި ކުލަލުން

ދާރުލްޢުލޫމުގެ މަރާމާތު

ދާރުލްޢުލޫމުގައި ކުލަލުން

ސައިކޮޓަރިއަކާއި މުވައްޒަފުން ތިބޭނެ ތަނަކާއި ފާޚާނާއެއް ހެދުން

އެލުމިނިއަމް ކުޑަދޮރުތަކުގެ ހުޅު ބަދަލުކުރުން

މަރާމާތާ ގުޅޭ އެހެނިހެން މަސައްކަތް.

މިކަންކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 މޭ 2015 ވާ ހޯމަ ދުވަހުގެ 10:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 މޭ 2015 ވާ ބުދަ ދުވަހުގެ 10:30ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މި ސްކޫލުގެ އޮފީސްގޭޓުން (އަމީރުއަޙުމަދު މަގު) ވަދެވަޑައިގެންނެވުން އެދެމެވެ.                                   

21 މޭ 2015
ހޯދާ