ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
މައްކާގައި ބާއްވާ 37 ވަނަ މަލިކު ޢަބްދުލްޢަޒީޒު އިންޓަނޭޝަނަލް ޤުރުއާން މުބާރާތުގައި ބައިވެރިވުމާބެހޭ

މައްކާގައި ބާއްވާ 37 ވަނަ މަލިކު ޢަބްދުލްޢަޒީޒު އިންޓަނޭޝަނަލް ޤުރުއާން މުބާރާތުގައި ބައިވެރިވުމާބެހޭ

2015 ވަނަ އަހަރު ސައުދީ ޢަރަބިއްޔާގެ މައްކާގައި ނޮވެންބަރު މަހުގެ 07 އިން 11 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 37 ވަނަ މަލިކު ޢަބްދުލްޢަޒީޒު އިންޓަނޭޝަނަލް ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ދިވެހިރާއްޖެއަށްވަނީ ލިބިފައެވެ. މި މުބާރާތުގައި ހިމެނޭ ގޮފިތަކުން 3 ގޮތްޕެއްގައި ރާއްޖެއިން ބައިވެރިވާގޮތަށްވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ގޮތްޕެއްގައިވެސް ބައިވެރިވާނީ 1 ބައިވެރިއެކެވެ.

ބައިވެރިވުމުގެ ޝަރުޠު

  1. މި މުބާރާތުގައި މީގެކުރިން ބައިވެރިވެފައި ނުވުން.
  2. 25 އަހަރު ފުރިފައިނުވާ ފިރިހެނަކު ކަމުގައިވުން.
  3. ރާއްޖޭގެ މަޝްހޫރު ޤާރީއެއްކަމުގައި ނުވުން.

މުބާރާތުގައި ބައިވެރިވެވޭނެ ގޮފިތައް

  1. ކީރިތި ޤުރްއާން ކަލިމަ ތަފްސީރާއެކު މުޅި ޤުރްއާން ތަޖުވީދުގެ މަގުން ކިޔެވުމުގެ ގޮފި.
  2. މުޅިޤުރްއާން ހިތުދަސް ތަޖްވީދުމަގުން ކިޔެވުމުގެ ގޮފި.
  3. ވިދިވިދިގެން ( ތަރުތީބުން ) 15 ފޮތް ހިތުދަސް ތަޖްވީދުމަގުން ކިޔެވުމުގެ ގޮފި.

މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ 3 ބައިވެރިއަކު ހޮވުމަށް ބޭނުންވާތީ މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 31 މޭ 2015 ވާ ހޯމަ ދުވަހުގެ 2.30 ގެ ކުރިން ބައިވެރިވުން އެދި ޤުރުއާނާބެހޭ މަރުކަޒަށް ސިޓީ ނުވަތަ ފެކްސް ފޮނުއްވުން އެދި ދަންނަވަމެވެ.

ނޯޓް: މި މުބާރާތުގައި ލޯފަން ކުއްޖެއް ނުވަތަ 15 އަހަރުން ދަށުގެ ކުއްޖަކު ބައިވެރިވާނަމަ ބެލެނިވެރިއަކަށްވެސް އޭނާއާއެކު ދެވޭގޮތަށް ވަނީ ހަމަޖެހިފައިވެއެވެ.

28 ރަޖަބު 1436

17 މޭ 2015
ހޯދާ