އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކް ތަރައްޤީކުރުމަށްޓަކައި ބޭނުންވާ ތަކެތި ހޯދުން

އައްޑޫސިޓީ 08 ސަރަޙައްދެއްގައި ކުޑަކުދިންގެ ޕާކް ތަރައްޤީކުރުމަށްޓަކައި ބޭނުންވާ ތަކެތި ހޯދުން.

އައްޑޫސިޓީގެ 08 ސަރަޙައްދެއްގައި ކުޑަކުދިންގެ ޕާކް ތަރައްޤީކުރުމަށްޓަކައި ބޭނުންވާ ތަކެތި ހޯދައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މި އިދާރާއަށް މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 މޭ 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމައި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސްހޯލުގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސްހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިނުވެވޭނެވާހަކަ ދެންނެވީމެވެ.

29 ރަޖަބު 1436   

18 މޭ 2015
ހޯދާ