ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އޮންއެއަރ އެސިސްޓެންޓް އޮޕަރޭޓަރ

ވަޒީފާގެ ފުރުޞަތު

މަޤާމު: އޮންއެއަރ އެސިސްޓެންޓް އޮޕަރޭޓަރ ގްރޭޑް 03

މުސާރަ

މަހަކު -/5000 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/3000

މަޤާމުގެ ރޭންކް

TP 9

ބޭނުންވާ އަދަދު

02

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އިންޖިނިއަރިންގ

މަޤާމުގެ ޝަރުޠު:

ޖީ.ސީ.އީ އޯ ލެވޭލް އިމްތިޙާނުގެ 2 މާއްދާއިން ފާސްވެފައިވުމާއި މަޤާމާ ގުޅޭދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ދިވެހިރާއްޖޭގެ އަޑުގެ ބްރޯޑްކާސްޓް ކުރަމުންދާ ޗެނަލްތައް އަޑުއެހުމާއި، އޮންއެއަރ ރެކޯޑިންގ ބެލެހެއްޓުން.
  • އައުޓް ޑޯ ބްރޯޑްކާސްޓިންގް ތައް މޮނިޓުކުރުމާއި ޓެސްޓް ކުރުމާއި، އަދި އެ ޔުނިޓުން އެފަދަ އިވެންޓް ތައް ގެންނަ ވަގުތުތަކުގައި އެޔުނިޓާއި އެހީތެރިކަން ފޯރުކޮށްދީގެން ލައިވްތައް ފުރިހަމައަށް އެހުންތެރިންނާއި ހަމައަށް ގެނެސްދިނުމަށް މަސައްކަތް ކުރުން.
  • އޮންއެއަރ އޮޓޮމޭޝަން މައްސަލައެއް ދިމާވާނަމަ މެނުއަލްކޮށް އޮންއެއަރ ކުރަންޖެހޭ ހާލަތުގައި ޗެނަލްތަކުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުން.
  • ސްޓޫޑިއޯ ތަކުގައި ޖެހޭ މައްސަލަތައް ޙައްލު ކޮށްދީ އަދި ވަގުތުން ޙައްލު ނުވާ ވަރުގެ ކަމެއް ދިމާވެއްޖެ ހިނދެއްގައި ސެކްޝަން ހެޑްގެ އިރުޝާދާއި އެކު އެކަމަކާ ގުޅުން ހުރި ޔުޓިތަކަށް އެ މަޢުލޫމާތު ފޯރުކޮށްދީ އެފަދަ ފަރާތްތަކާ ގުޅިގެން މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރުން.

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓްފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ.

ސުންގަޑި

 

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2015 މޭ 31 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

25 ރަޖަބު 1436

14 މޭ 2015
ހޯދާ