ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު: ހިއުމަން ރިސޯސް އޮފިސަރ ގްރޭޑް 01

މުސާރަ

މަހަކު -/6400 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

މަޤާމުގެ ރޭންކް

AS 5

ބޭނުންވާ އަދަދު

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

 

މަޤާމުގެ ޝަރުޠު:

ގުޅޭ ދާއިރާގެ ޑިޕްލޮމާއެއް އޮތުމާއެކު، ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޭލްވޭލް އިމްތިޙާނުގެ 4 މާއްދާއިން ފާސްވުމާއެކު ދާއިރާއިން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ  ނުވަތަ 6 އަހަރު ގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކޯޕަރޭޝަނަށް ބޭނުންވާ މުވައްޒަފުން ހޯދުމަށްކުރަންޖެހޭ އެންމެހާކަންތައް ވިލަރެސްކުރުން
  • އަހަރން އަހަރަށް ހަދާ މުއައްޒަފުންގެ ޕާފޯމަންސްގެ ކަންކަން ރާވައި ހިންގުން.
  • ޓްރެއިނިން ނީޑް އެނަލިސިސް ހެދުމުގައި އެހީތެރިވުމާއި، ޓްރެއިނިން ބޭނުންވާދާއިރާތައް ކަޑައަޅައި ދަފްތަރު ކުރުން.
  • ވަޒީފާތަކަށް އަލަށް ވަންނަ މުވައްޒަފުންނަށް އިންޑަކްޝަން ޕުރޮގުރާމު ހިންގުމާއި، މިޕުރޮގުރާމު ހިންގޭ މުވައްޒަފުންގެ ރެކޯޑްސްތައް ބެލެހެއްޓުން.
  • ކުންފުނީގެ ވަޒީފާގައި ގެންގުޅޭ ބިދޭސީ މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުން (އެގްރިމެންޓްހެދުން، ވިސާފީ، ވޯރކްޕަރމިޓް، ޕާސްޕޯރޓް، އިންސުއަރެންސް، ވިސާ އަދިވިސާކާޑު ހެއްދުމުގެ މަސައްކަތް ބެލެހެއްޓުން)
  • މި ކޯރޕަރޭޝަނގެ އެޗް އާރ ރިކުއަރމެންޓް ބަލާ، ޖޮބް ޑިސްކްރިޕްޝަން ތަކާއި ޖޮބް ސްޕެސިފިކޭޝަން އެކުލަވާލުން.

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓްފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ.

ސުންގަޑި

 

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2015 މޭ 31 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

25 ރަޖަބު 1436

14 މޭ 2015
ހޯދާ