ރަސްގެތީމް ސްކޫލް
ދިވެހިރާއްޖެ
ޕާޓިޝަން ޖަހައިގެން ކެބިންއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު    

މި ސްކޫލުން ކެބިންއެއް ޕާޓިޝަން ޖަހައިގެން ހަދައިދޭނެ ފަރާތެއް ހޯދުމަށް މި ސްކޫލުގެ ނަންބަރު GS121/IUL/2015/03ފ(17 މާރިޗު 2015) ގައި ކުރި އިޢުލާނަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

އަދަދު

ޕްރޮޖެކްޓްގެ ނަން

1

ޕްރިންސިޕަލް ކެބިން ޕާޓިޝަން ޖަހައިގެން ހެދުން (ފަރުނީޗަރާއެކު)

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 މޭ 2015 ވާ ހޯމަ ދުވަހުގެ 14:30 ގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 01 ޖޫން 2015 ވާ ހޯމަ ދުވަހުގެ 14:30 ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6580361 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ރަޖަބު 1436

17 މޭ 2015
ހޯދާ