މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް ރޯޑްވާދިނަސް އޮފިސަރގެ މަޤާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

ޓްރާންސްޕޯޓް އޮތޯރިޓީން އެސިސްޓެންޓް ރޯޑްވާދިނަސް އޮފިސަރގެ މަޤާމަށް ކުރެވުނު ނަންބަރު: IUL)202-A/1/2015/60)ފ(07 މޭ 2015) އިޢުލާން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާ ގެޒެޓްގައި ޕަބްލިސް ކުރެވިފައިވަނީ 11 މޭ 2015 ގައެވެ. އަދި މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚެއްކަމުގައި ބަޔާންކުރެވިފައިވަނީ 18 މޭ 2015 އެވެ. "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 01 އެޕްރީލް 2013" ގެ 3.2 ގެ 8 ވަނަ މާއްދާގައި ބަޔާންކުރައްވާފައިވަނީ ވަޒީފާއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ސަރުކާރު ބަންދުނޫން 7 (ހަތެއް) ދުވަހަށްވުރެ ކުރުނޫން މުއްދަތެއް ދޭންވާނެ ކަމުގައެވެ.

ވީމާ، މި ގޮތުގެ މަތިން މަތީގައި ދެންނެވުނު އިޢުލާން IUL)202-A/1/2015/60) ގެ މުއްދަތު ހަމަވާ ތާރީޚު 19 މޭ 2015 ގެ 14:30 އަށް އިތުރުކުރިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

28 ރަޖަބު 1436

17 މޭ 2015
ހޯދާ