ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުއްވުމުގެ ލައިސަންސް ދިނުމަށް ބޭނުންވާ ޓްރެކް ހެދުމަށް

ދުއްވުމުގެ ލައިސަންސް ދިނުމަށް ބޭނުންވާ ޓްރެކް ހެދުން

މިއިދާރާއިން އޭ ޒޯންގެ ލައިސަންސް ދޫކުރުމަށް ޢަމަލީ އިމްތިޙާނު ދިނުމަށް ބޭނުންވާ ޓްރެކް ހެދުމުގެ މަސައްކަތް މިއިދާރާއިން ދޭ ކުރެހުމަކާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 މޭ 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެންދެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

24 ރަޖަބު 1436

13 މޭ 2015
ހޯދާ