ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައްދުންމަތީ އަތޮޅުގޭގެ އުތުރުން ހުންނަ ދެކޮޓަރި މަރާމާތުކުރުން

ހައްދުންމަތީ އަތޮޅުގޭގެ އުތުރުން ހުންނަ ދެކޮޓަރި މަރާމާތުކުރުން

ހައްދުންމަތީ އަތޮޅުގޭގެ އުތުރުފަރާތުގައި ހަދާފައިވާ ދެކޮޓަރި އުސްކޮށް، އެއިމާރާތް އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 މޭ 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 04 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

24 ރަޖަބު 1436

13 މޭ 2015
ހޯދާ