އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޑިނޭޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީން ހިންގަވާ 'ކޮމިއުނިޓީ އީ-ސެންޓަރ ޕުރޮޖެކްޓް' މަޝްރޫޢުގެ ދަށުން ސ. ހުޅުމީދޫގައި ޤާއިމްކޮށްފައިވާ ކޮމިއުނިޓީ އީ-ސެންޓަރ (ސީ.އީ.ސީ) ގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކޯޑިނޭޓަރަކު ހޯދުމަށް ކުރެވުނު IUL)426-CB/426/2015/36) ނަންބަރުގެ އިޢުލާނަށް އެކަށީގެންވާވަރަށް ތަރުޙީބު ލިބިފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، ކޯޑިނޭޓަރުގެ މަޤާމަށް އަލުން ފުރުޞަތު ހުޅުވައިލަމެވެ. އެ އިޢުލާނާ ގުޅިގެން ސިޓީ ހުށަހަޅާފައިވާ ފަރާތްތަކުން މި މަޤާމަށް އެދި އަލުން ސިޓީ ހުށަހަޅާކަށެއް ނުޖެހޭނެއެވެ.

މަޤާމް

 ކޯޑިނޭޓަރ

ބޭނުންވާ އަދަދު

1 (އެކެއް)

ބާވަތް: ކޮންޓްރެކްޓް

މުއްދަތު

ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން ޑިސެންބަރު 2015 ގެ ނިޔަލަށް

އެލަވަންސް:

މަހަކު -/4،000 ރުފިޔާ

އެލަވަންސް ދެވޭގޮތް

  • މަހަކު 2 ތަމްރީނު ޕްރޮގްރާމް ހިންގާފައިވާނަމަ: /-3000 ރުފިޔާ (ކޮންމެ ތަމްރީނަކަށް -/1،500 ރުފިޔާ، ކޮންމެ ތަމްރީން ޕްރޮގްރާމެއްގައި 4 ބޭފުޅުން ތަމްރީންކޮށްފައިވާނަމަ)
  • މަހަކު 20 ދުވަހު އީ-ސެންޓަރު ހުޅުވައިގެން ޚިދުމަތް ދީފައިވާނަމަ: /-1000 ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތު

ކޮމިއުނިޓީ އީ ސެންޓަރ (ސީ.އީ.ސީ) އިން ތަމްރީން ޕްރޮގްރާމް ހިންގުމާއި، ސެންޓަރުން ދޭންޖެހޭ ޚިދުމަތްތައް ދިނުން.

މަޤާމުގެ ޝަރުޠުތައް

  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛
  • ކޮމްޕިއުޓަރާއި އިންޓަނެޓް ބޭނުންކުރުމުގެ ހުނަރު ލިބިފައިވުން. އަދި؛
  • ކޮމްޕިއުޓަރާއި އިންޓަރނެޓް މުޅިން އަލަށް ބޭނުންކުރަން ފަށައިގަންނަ ފަރާތްތަކަށް ކިޔަވައިދިނުމުގެ ހުނަރު ލިބިފައިވުން.

ވަޒީފާ އަދާކުރަންޖެހޭ ތަން

ކޮމިއުނިޓީ އީ- ސެންޓަރ، ހުޅުދޫ އަވަށު އޮފީސް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް:

1. ލިބިފައިވާ ތަޢުލީމާއި ތަމްރީން

2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން

އިންޓަރވިއު ބޭއްވޭނެ ތަނާއި ތާރީޚު:

އިންޓަވިއުއަށް ހާޒިރުވުމުގެ 24 ގަޑިއިރުގެ ކުރިން (ބަންދު ދުވަސް ނުހިމަނައި) އިންޓަވިއު ބޭއްވޭނެ ތަނަކާއި ގަޑި ލިއުމަކުން އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ސާފު ކޮޕީއެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ، އެކްރެޑިޓް ކޮށްފައިވާ ލިޔުންތައް (ކޯސް ފުރިހަމަކުރުމަށްފަހު ކޯހުން ފާސްވެފައިވާކަމުގެ ލިޔުން ލިބިފައިވާ ފަރާތްތަކުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާ "ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް" ހުށަހަޅަންވާނެ.)

  4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް.

  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

ވަޒީފާއަށް އެދޭ ފަރާތްތައް ސްކްރީން ކުރުމާއި، ޝޯޓް ލިސްޓް ކުރުން:

ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ސްކްރީންކުރުމާއެކު، މަޤާމަށް އެދޭ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ،  ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މަޝްވަރާއާއެކު އެފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓް ކުރުމުގައި ބެލޭނެ ކަންތައްތަކަކީ:

1- ލިބިފައިވާ ތަޢުލީމާއި ތަމްރީން 2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ  3- މަސައްކަތުގެ ހުނަރާއި ޤާބިލްކަން

ސުންގަޑި

2015 މޭ 25 ވާ ހޯމަ ދުވަހު 15:00 ގެ ކުރިން ހުޅުދޫ އަވަށު އޮފީހަށް.

އިތުރު މަޢުލޫމާތު ސާފުކުރުމަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ 6885003 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

25 ރަޖަބު 1436

14 މޭ 2015
ހޯދާ