ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިޔަމިގިލީ މަސްޖިދުލް އަމާނާތަށް ކާޕެޓް ހޯދުމަށް

ދިޔަމިގިލީ މަސްޖިދުލް އަމާނާތަށް ކާޕެޓް ހޯދުމަށް

1. ދިޔަމިގިލީ ކައުންސިލުގެ އިދާރާއިން ދެވޭ މަޢުލޫމާތާ އެއްގޮތަށް ދިޔަމިގިލީ މަސްޖިދުލް އަމާނާތުގައި ކާޕެޓް އެޅުމަށްޓަކައި ކާޕެޓް ގަންނަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 މޭ 11 ވާ ހޯމަދުވަހު މިކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

2. މިމަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2015 މޭ 11 ވާ ހޯމަދުވަހުގެ 13:30 ގައި ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

3. ބިޑް ހުޅުވުން އޮންނާނީ 2015 މޭ 14 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނަންވާނެއެވެ.

   ހ. "ތ. ދިޔަމިގިލީ ހުކުރު މިސްކިތު ކާޕެޓް އެޅުމުގެ މަސައްކަތް"

   ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރާއި، އައި.ޑީ. ކާޑު ނަންބަރު

   ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

4. ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ ބީލަން ޤަބޫލެއް ނުކުރެވޭނެއެވެ.

5. މަޢުލޫމާތު ސާފުކުރެއްމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

16 ރަޖަބު 1436

05 މޭ 2015
ހޯދާ