މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޢާންމު ޚިދުމަތްތަކާބެހޭ ބައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މިމިނިސްޓްރީން ދޭ މަޢުލޫމާތާ އެއްގޮތަށް ޢާންމު ޚިދުމަތްތަކާބެހޭ ބައި އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:

މި މިނިސްޓްރީން ދޭ މަޢުލޫމާތާ އެއްގޮތަށް ޢާންމު ޚިދުމަތްތަކާބެހޭ ބައި އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެގެން 25 މާރިޗު 2015 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަންބަރު IUL)138-AS6/1/2015/80) އާ ގުޅިގެން ހުށަހަޅާފައިވާ އަގުތަކަކީ އެކަށީގެންވާ އަގަށްވުރެ ބޮޑު އަގުތަކެއް ކަމުގައިވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 މޭ 2015 ވަނަ ދުވަހުގެ މެންދުރު 01:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 މޭ 2015 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

15 ރަޖަބު 1436

04 މޭ 2015
ހޯދާ